More Related Content
More from fsjconsulting (15)
Viyafaariah faisaa hoadhun
- 2. ވިޔަފާރިއެއް ފަށައި ހިންގޭނީ އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެންނެވެ.
އަލަށް ފަށާ ވިޔަފާރިއަކަށް ބޭންކުން ލޯނެއް ހޯދުމަކީ ފަސޭހަކަމަކަށް
ނުވާނެއެވެ. ސަބަބަކީ ބޭންކުތަކުން އާއްމުގޮތެއްގައި ލޯނު ދޫކުރާނީ ވަކި
މުއްދަތަކަށް ހިންގަމުން އައިސްފައިވާ ވިޔަފާރިތަކަށެވެ. މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ކްރެޑިޓް އިންފޮމޭޝަން ބިއުރޯގައި
ރެޖިސްޓްރީވުމަކީ ލޯނު.
2
- 3. އަލަށް ވިޔަފާރިއެއް ފަށާ މީހަކަށް އެންމެ އެކަށޭނަ ގޮތަކީ އެކަމަށްޓަކައި
ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ރައްކާކޮށް އޭގެން ވިޔަފާރި ފެށުމެވެ.
އަމިއްލަ ވިޔަފާރިއެއް މުސްތަގްބަލްގައި ފަށަން ގަސްތުކުރާނަމަ
މިހާރުއްސުރެވެސް އެކަމަށްޓަކައި ފައިސާ ރައްކާކުރަން ފަށާށެވެ.
އަމިއްލައަށް ރައްކާކުރާ ފައިސާގެ އިތުރުން އާއިލާގެ މެމްބަރުންނާއި
ރަށްޓެހިންގެ އަތުންވެސް ކޮންމެވެސް މިންވަރެއް ވިޔަފާރި ފެށުމަށް
ހޯދިދާނެއެވެ.
3
- 4. މީގެ އިތުރުންވެސް މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ވިޔަފާރި
ކުރިއެރުވުމަށް އެހީވެދޭ މަރުކަޒު ފަދަ މުއައްސަސާތަކުން ކުދި އަދި މެދު
ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުދިނުމުގެ ތަފާތު މަޝްރޫއުތައް
ހިންގައެވެ. މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށްޓަކައި ކުދި އަދި މެދު
ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވާށެވެ.
4